Tips For Fair And Glowing Face

މޫނުގެ ކުލަ  އަލި ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް

މޫނުގެ ކުލަ އަލިކޮށް ހުރުމަކީ ކޮންމެ އަންހެންކުއްޖަކުވެސް  ވަރަށް ބޭނުންވާކަމެކެވެ. އެގޮތުން އެކި ކުދިން އެކިކަހަލަ އުކުޅުތައް ބޭނުންކުރަމުން ދާއިރު އަނެއްބައި ކުދިން އެއްވެސް ކަމެއް ނުކޮށް ތިބޭކަންވެސް ފާހަގަ ކޮށްލަމެވެ. މިހާރަކަށް އައިސް ގިނަ އަންހެންކުދިން މޫނުގެ ކުލަ ރީތިކުރުމަށް ޓަކައި ކެމިކަލްގެ ބާވަތްތައްވެސް ބޭނުން ކުރަމުން ގެންދެއެވެ.

އެހެނަމަވެސް މި ކެމިކަލްތަކުގެ ސަބަބުން ހަންގަނޑު ވަރަށް އަވަހަށް ހަލާކުވެގެން ދެއެވެ.މޫނުގެ ކުލަ އަލިކުރުމަށް ޓަކައި މިކެމިކަލްތައް އެއް ކައިރި ކޮށްލުމަށްފަހު ފައިދާހުރި ތަކެތި ބޭނުންކުރެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަކީ :

މޫނުގައި ހުންނަ ލަކުނުތައް އަލިކުރުމަށް ޓަކައި ޒައިތޫނި ތެޔޮ ބޭނުން ކުރެވިދާނެއެވެ. . މިތެއޮ ބޭނުންކުރުމުން މޫނުމަތީގައި ހުންނަ ލައްތައް މަދުވެ މޫނުމަތި އަލިވާނެއެވެ.

ހަމަ އެގޮތައް ކެލާ ބޭނުންކުރުމުންވެސް މޫނުމަތި އަލިވެގެން ދެއެވެ.ކެލާގެ ތެރެއަށް ފިނިފެން (ރޯސް ވޯޓަރ) އަދި ކިރު އަޅައިގެން ޕޭސްޓެއް ހެދުމަށް ފަހު މޫނުމަތީގައި އުނގުޅާށެވެ. އަދި އެއްގަޑި އިރަށް ފަހު އާދައިގެ ފެނުން މޫނު ދޮވެލާށެވެ. މިކަމުންވެސް މޫނުގެ ހަންގަޑު އލިވެއެވެ.

އެލްމަންޑް ކިރަށް ނުވަތަ ފެނަށް އޅާފައި 12 ގަޑިއިރު ވަންދެން ބަހައްޓާށެވެ. ދެން އޭގެ ތޮށިމެށުމަށް ފަހު މުގުރާލާށެވެ. އަދި އެއަށް ފަހު އެއަށް ފިނިފެން އަޅާއެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. މިގޮތުންވެސް މޫނުގެ އަލި ބަދަލުވެއެވެ.

މިފަދަ ފައިދާހުރި ކަންތައް ތަކުން މޫނުގެހަންގަނޑު އަލިވެ، ގެއްލުމަށް ވުރެ ފައިދާ ކުރާނެއެވެ.