gfgbfg

 

Hi! i’m Wafeega , as you go through this BLOG hope you find things that interests you and also it gives you the informations you need. This blog includes most interestingly about News, Health, Report and My Assignment  and also it’ll give you other information like, things happening in the MALDIVES NATIONAL UNIVERSITY, probably all around “MALDIVES”.

Advertisements

Male’ Roads Are Heavily Damaged

Capture

ސްޓެލްކޯ ކުރިމަތީގައި ވަޅުގަނޑެއް ކޮނެފަ. ފޮޓޯ: ސަން އޮންލައިން

މަގުތައް ހަލާކުވެފަ! ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސައް އުނދަގޫތަކާ ކުރިމަތިލާންޖެހިފަ

ދުނިޔޭގެ ނިސްބަތުން އެންމެ ކުޑަބިމެއްގައި އެންމެ ގިނަ މީހުން ދިރިއުޅެމުންދާ އެއް ތަނަކީ މާލެއެވެ.  އެތައް ހާސްބަޔަކު ހިނގާބިނގާވެ އުޅޭ މާލޭގެ މަގުތައް މިހާރު މިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.   މީގެ ސަބަބުން  އެތަކެއް މައްސަލަ ތަކާއި އުދަނގޫތަކާ މިވަނީ ކުރިމަތިލާންޖެހިފައެވެ. ހަމައެކަނި ހިނގާބިނގާވެ އުޅޭ މީހުންނަށް އެކަންޏެއް ނޫނެވެ. ދުއްވާ އުޅަނދު ތަކަށާއި އޭގެ ވެރިންނަށް ވެސް މެއެއެވެ.

މާލޭގެ އެންމެ ކާރުބާރު ބޮޑު ދެ މަގެއްކަމުގައިވާ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގު ފާހަގަ ކުރެވެއެވެ. އަމީނީ މަގަކީ އެތަކެއް ސްކޫލްތަކަކާއި، އޮފީސްތަކެއް ހުންނަ މަގެކެވެ. މިމަގުގައި މީހަރުވެސް ވަޅު ކޮނެގެން މަސަތްކަތް ކުރިއަށް ދާއިރު، ހަތަރު ފޫޓެއްހާ ފުޅާކޮށް ވަރަށް ދިގުކޮށް ކޮނެފައިވާ އެވަޅުގަނޑުގެ ސަބަބުން އަމީނީމަގުން ދުއްވާއެއްޗެހި ދުއްވުމަށް ނުވަތަ ހިނގާބިގާވެ އުޅުމަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ. އަމީނީ މަގޭ އެއްފަދައިން  ބޮޑުތަކުރުފާނު މަގުގައިވެސް ވަނީ މިފަދަ ވަޅު ގަނޑެއް ކޮނެފައެވެ.   ކޮނެފައިވާ މި ވަޅުތަކުގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތުމުން ވެހިކަލްތަކާއި ހިނގާބިނގާވެ އުޅޭ މީހުން އެ ވަޅުގަނޑަށް ވެއްޓުން ފަދަ ކަންކަން ދިމާވެއެވެ. މީގެ އިތުރުން ކޮނެފައިވާ ވަޅުތަކުގެ ފަސްތައް މަގުގެ  އެއްފަރާތަކަށް ޖަމާކޮށްފައި ހުރެއެވެ. މީގެ ސަބަބުންވެސް ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތަކަކާ ކުރިމަތިވޭ. އަދި މަގުތަކުންނަގާފައި ހުންނަ ގާތައްކުންވެސް މީހުނަށް އަނިޔާ ލިބެއެވެ.

މި ބޮޑެތި ވަޅުތައް ކޮނެއެކި ގޮތްގޮތަށް ގާއެތުރުމުގެ ސަބަބުން މި ވެރިރަށުގެ މަގުތަކުގައި ދުއްވައިއުޅުމަށާއި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ އިރު ތަފާތު އެކި މަސައްކަތްތަކަށް ވެސް ހަމައެއް އުސޫލެއް ނެތި މަގުތައް ބަންދު ކުރުމަކީ ވެސް މާލޭގެ ޓްރެފިކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އެހެން ކަމުން މި ބޮޑު މާލޭގެ މަގުތައް  ރަނގަޅު ފެންވަރެއްގައި  ވީހާވެސް އަވަހަކަށް ހެދުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އުއްމީދެކެވެ.އަދި މި މަގުތައް ހެދުމުގައ ިރައްޔިތުންނަށް  ރައްކާތެރި ވާނެ ގޮތަކަށް މަސަތްކަތް ކުރުމަކީވެސް ރައްޔިތުންގެ އުއްމީދެކެވެ.

 

4th University/College Basketball Tournament started

4ވަނަ އިންޓަރ ކޮލެޖް ބާސްކެޓް ބޯލް މުބާރާތް ފެށިއްޖެ

13138800_1092308277479228_2962482936024938141_n

މިހަރު ކުރިއަށް ދާ 4 ވަނަ އިންޓަރ ކޮލެޖް ބާސްކެޓްބޯލްގެ ތެރެއިން

ކޮލެޖްތަކާއި ޔުނިވާރސިޓީތަކުގެ މެދުގަި ކުޅެވޭ 4 ވަނަ ބާސްކެޓް ބޯލް މުބާރާތް ފަށައިފިއެވެ.މި މުބާރާތް ފަށާފައިވަނީ މިއަދު ހަވީރު 16:30 ގައި އެކުވެނި އައުޓްޑޯރގައެވެ.

މިއަދު ހަވީރު ސީ.އެޗް.އެއްސީ ގެ އަންހެން ޓީމާއި، ވިލާ ކޮލެޖްގެ އަންހެން ޓިމް ބައްދަލުކުށް ސީ.އެޗް.އެއް.ސީ ވަނީ މި މެޗް ކާމިޔާބުކޮށްފައެވެ.

މި މުބާރަތް ކުރިއަށްގެންދަނީ އަންހެން ފިރިހެން ވަކިންނެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ، ވިލާ ކޮލެޖް. އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އާއި ސީ.އެޗްް.އެއް.ސީ އާއި ،ޤައުމީ ޔުނިވާރސިޓީ އަދި އައި.އެސް.އެލް.އީ.އެސް(އިންސްޓިޓިއެުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމެންޓް ސްޓަޑީސް އެވެ.)

މި މުބާރާތުގެ ދެވަނަ މެޗް ކުޅެފައިވަނީ މިރޭ20:30 ގައެވެ. ވިލާއިންޓަރނޭޝަނަލް ހައިސްޚުލްގެ ފިރިހެންޓީމާއި.އެމްއެންޔޫގެ ފިރިހެން ޓީމް ބައްދަލު ކޮށް 32-134 ގެ ތަފާތު ނަތީޖާއުން ޤައުމީ ޔުނިވާރސިޓީ ވަނީ މޮޅުވެފައެވެ.

މިމަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރަތުގެ ހުރިހާ މެޗްއެއްވެސް ކުޅެން ހަމަޖެހިފައިވަނީ އެކުވެނީގެ އައުޓްޑޯރ ކޯޓުގައެވެ، އަދި މެޗްތައް ކުރިއަށްދާނި ހަވީރު 16:30 އަދި 20:30 ހުންފެށިގެންނެވެ،

މި މުބާރާތުގެ 3 ވަނަ މެޗް ގައި ބައްދަލު ކުރާނީ އައި.އެސް.އެލް.އީ.އެސް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ގެ އަނހެން ޓީމްއެވެ.މި މެޗް ކުޅޭނީ މާދަމަ ހަވީރު 16:30 ގައެވެ. އަދި މި މުބާރަތުގެ ފިރިހެން މެޗްގައި ބައްދަލު ކުރާނީ ވިލާ އިންޓަރނޭޝަންލް ހައިސްކޫލްގެ ފިރިހެން ޓީމްއާއި، ސީއެޗްއެއްސީގެ ޓީމްއެވެ.  މެޗްވެސް ކުޅޭނި އެދުވަހުގެ ރޭ 20:30 ގައެވެ

France

dsfsdf

ފްރާންސްގެ ވެރިރަށް ޕެރިސް

ފްރެންޗް ރިޕަބްލިކް ނުވަތަ އާންމު ނަމުން ނަމަ  ފްރާންސްއަކީ ޔޫރަޕްގެ ގައުމުތައް ހިމެނޭ ސަރަހައްދުގައި އޮންނަ ގައުމެކެވެ.1790 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހަކީ ފްރާންސްގެ މިނިވަންކަމުގެ ދުވަހެވެ.މިދުވަހަށް ފްރާންސްގެ ރައްޔިތުން  ޙާއްސަ ނަމެއް ދީފައިވެއެވެ.އެއީ ބޭސްޓިލް ޑޭ އެވެ.ކޮންމެ އަހަރެއްގެ ވެސް ޖުލައި 14 ވަނަ ދުވަހަކީ މިގައުމުގެ ރައްޔިތުން ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.މިގޮތުން މިދުވަހުގެ މުނާސަބަތުގައި ފްރާންސްގެ ލަޝްކަރީ ބާރުތަކުގެ ފަރާތުން ހެވިކަމުގެ ކުޅިވަރުތައް އާއްމު ރައްޔިތުންނަށް ދައްކާލައެވެ.އަދި ހަވާ އެރުވުން ވެސް އޮވެއެވެ.މިގައުމުގެ ފޯނު ކޯޑު ނަންބަރަކީ 33+ ކެވެ

 ފްރާންސްގެ ގައުމީ ދިދައިގައި ހިމެނެނީ ދިގައް ދެމިގެންވާ ތިން ކުލައިގެ ތިން ރޮނގެވެ.މި ތިން ކުލައަކީ ނޫ،ހުދު އަދި ރަތް ކުލައެވެ.މިގޮތުން ރަތް އަދި ނޫ ކުލައަކީ ފްރާންސްގެ ރަށެއްކަމުގައިވާ ޕެރިސްގެ ސަގާފީ ދެކުލައެވެ.މި ގައުމަކީ ޑިމޮކްރެޓިކް ވެރިކަމެއް އޮންނަ ގައުމެކެވެ.2012 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ރައީސްކަން ކުރަމުން އަންނަނީ އެގައުމުގެ ސޯޝަލިސްޓް ޕާޓީއަށް ނިސްބަތްވާ ފްރެންކޮއިސް ހޮލޭންޑް އެވެ.އަދި ފްރާންސްގެ ނައިބް ރައީސް އަކީ މެނުއެލް ވޯލްސް އެވެ.ފްރާންސްގެ ވެރިކަން ކުރާރަށަކީ ޕެރިސްއެވެ.2012 ވަނަ އަހަރުގެ ތަފާތުހިސާބު ތަކަށް ބަލާއިރު ޕެރިހުގެ އާބާދީގެ  2240621 މީހުންނެވެ.

 65630692 މީހުންގެ އާބާދީއެއް އޮންނަ ފްރާންސްއަކީ ފްރެންޗް ބަހުން ވާހަކަ ދައްކަމުން ގެންދާ ބައެއް ދިރިއުޅެމުން އަންނަ ގައުމެކެވެ.މިގައުމަކީ ދީނީ ގޮތުން ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަން ލިބިގެންވާ ގައުމެކެވެ.މިގޮތުން ބަލާއިރު ފްރާންސްގެ އާބާދީގެ ބޮޑު ބައެއް އެޅެމުންދަނީ ކްރިސްޓިއަން ދީނަށެވެ.ފްރާންސްގެ 2016 ވަނަ އަހަރުގެ މިހާތަނައް ބަލާއިރު ޖީޑީޕީ މިންގަނޑަކީ 2.48 ޓްރިލިއަން ޑޮލަރެވެ.މިގައުމުގެ އިންފުލޭޝަން ރޭޓް މިވަނީ 0.7 ޕަސަންޓްއަށް ދައްވެފައެވެ.އަދި ހަމަ އެހެންމެ އާބާދީގެ މަސައްކަތް ނުކުރާ މީހުންގެ އަދަދު މިވަނީ 10 ޕަސަންޓްއަށް އިތުރުވެފެއެވެ.2012 ވަނަ އަހަރުގެ ތަފާތު ހިސާބުތަކަށް ބަލާއިރު އެހެން އަހަރުތަކާ އަޅާ ކިޔާއިރު ފްރާންސްއިން އެހެން ގައުމުތަކައް މުދާ އެކްސްޕޯޓް ކުރުން މިވަނީ 567.5 ބިލިއަން ޑޮލަރަށް ދައްވެފެއެވެ.އަދި ހަމަ އެހެންމެ ފްރާންސްއިން އެހެން ގައުމުތަކުން އިމްޕޯޓް ކުރާ މުދަލުގެ އަގު ވެސް މިވަނީ 658.9 ބިލިއަން ޑޮލަރަށް ދައްވެފައެވެ.

 ފްރާންސްގެ ރައްޔިތުން ގެންގުޅޭ ފައިސާގެ ނަމަކީ ޔޫރޯއެވެ.މިގައުމަކީ އީޔޫ،ޑަބިލު.ޓީ.އޯ އަދި އޯއީސީޑީ ގެ މެމްބަރު ގައުމެކެވެ.ފްރާންސްގެ އާއްމު ރައްޔިތުން ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަމުންދަނީ ކެމިކަލް ކާރުހާނާތައް އަދި ފަތުރުވެރިކަމުގެ ދާއިރާގައެވެ.މީގެ އިތުރުންވެސް ދަނޑުވެރިކަމުގައިވެސް ފްރާންސްގެ އާބާދީގެ ބޮޑުބައެއް ދަނީ މަސައްކަތް ކުރަމުންނެވެ.ފްރާންސްގެ އިގްތިސާދީ ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއްވަނީ ކެމިކަލް ކާރުހާނާތައް އަދި ފަތުރުވެރިކަމުން ލިބޭ ފައިދާއިންނެވެ.2000ވަނަ އަހަރު ފްރާންސްވަނީ އިގްތިސާދީގޮތުން ވަރަށް ބޮޑު ވެއްޓުމަކަށް ގޮއްސައެވެ.ނަމަވެސް މިއަޑިގަނޑުން ވަރަށް އަވަހަށް ގިރާކޮށްފައެވެ.

 ފްރާންސްއަކީ ގިނަ އަދަދެއްގެ ފަރުބަދަ ތަކެއް އެކުލެވިގެންވާ ގައުމެކެވެ.މިގޮތުން ފާހަގަ ކޮށްލެވޭ އެއް ފަރުބަދައަކީ މޮންޓް ބްލެންކް ނަމަކަށް ކިޔާ ފަރުބަދަ އެކެވެ.މި ފަރުބަދައަކީ އަލްޕްސް ފަރުބަދަ ތަކުގެ ތެރޭގައި ހިމެނޭ ފަރެބަދަ އެކެވެ.މޮންޓް ބްލެންކްގެ މާނައަކީ ހުދު ފަރުބަދައެވެ.މި ފަރުބަދައަކީ އަލްޕްސް ފަރުބަދަ ތަކުގެ ތެރޭގައި ހިމެނޭ އެންމެ އުސް ފަރުބަދައެވެ.ފަރުބަދައިގެ އުސްމިނުގައި ހުންނަނީ 15777 ފޫޓެވެ.މި ފަރުބަދައަކީ ދުނިޔޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އެއް ފަރުބަދައެވެ.އަރކަލޮޑް ނަމަކަށް ކިޔާ ފަރުބަދައަކީ ވެސް ފްރާންސްގެ މަޝްހޫރު ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ.އަރކަލޮޑް ފަރުބަދައިގެ އުސްމިނުގައި 7274 ފޫޓު ހުރެއެވެ.ފްރާންސްގައި ފާހަގަކޮށްލެވޭ ގިނަ ފަރުބަދަތައް ހުންނަ ފަދައިން ފްރާންސްއަކީ ގިނަ އަދަދެއްގެ ކޯރުތެކެއްވެސް ހިމެނިގެންވާ ގައުމެކެވެ.މިގޮތުން ފާހަގަކޮށްލެވޭ އެއް ކޯރަކީ ލޮއިރް ކޯރެވެ.މިކޯރުގެ ދިގުމިނުގައި 1012 ކިލޯމީޓަރ ހުރެއެވެ.މިއީ 171 ވަނައަށް ދުނިޔޭގައި ހިމެނޭ އެންމެ ދިގު ކޯރެވެ.ރައިން ކޯރަކީވެސް ފްރާންސްގައި ހިމެނޭ ފާހަގަކޮށްލެވޭ ކޯރެކެވެ.މިކޯރުގެ ދިގުމިނުގައި 1233 ކިލޯމީޓަރ ހުރެއެވެ.

htyteur

ޕެރިހުގެ ފިހާރައެއް

 ބިއުފޯރޓެއިން ވާދީއަކީ ފްރާންސްގައި ހިމެނޭ މަޝްހޫރު ވާދީ ތަކުގެ ތެރެއިން އެއް ވާދީއެވެ.ބިއުފޯޓެއިން ވާދީއަށް ޒިޔާރަތްކުރާ މީހުންނަށް މޮންޓް ބްލެންކް ފަރުބަދައިގެ ހިތްގައިމު މަންޒަރުތައް ފެނިގެންދެއެވެ.މި ވާދީގައި  ފިނިމޫސުމުގައި އުފެދޭ ގިނަ އަދަދެއްގެ މާތައް ގަސްތަކުގައި އަޅާފައި ހުރެއެވެ.މި ވާދީގެ ދިގުމިނުގައި 30 ކިލޯމީޓަރ ހުރެއެވެ.ކަލައިސް ޖަންގައްޔަކީ ފްރާންސްގައި ހިމެނޭ ޖަންގައްޔެކެވެ.ކުރީ ޒަމާނުގައި ފްރާންސްގެ ސަރަހައްދު ހުރަސްކޮށް ޔުނައިޓެޑް ކިންގްޑޮމްއަށް ދަތުރުކުރާ ދަތުރުވެރިން މި ޖަންގަލި ހުރަސް ކުރެއެވެ.ފްރާންސްގެ މަޝްހޫރު ގަސްތަކައް ބަލާއިރު  މުގޯ ޕައިން ނަމަކަށް ކިޔާ ގަހެއް ހިމެނެއެވެ.މިގަހަކީ އާންމު ގޮތެއްގައި އަލްޕްސް ފަރުބަދަ ތަކުގެ މަތީގައި ހެދޭ ގަސްތަކެކެވެ.މުގޯ ޕައިން ގަހަކީ ފްރާންސްގެ ގިނަ ގެތަކުގެ ބަގީޗާ ތަކުގައިވެސް ހައްދައިގެން ގެންގުޅޭ ގަހެކެވެ.

ފްރާންސްއަކީ ތަފާތު މެޝިންތައް އުފެއްދުމުގައާއި މަތިންދާ ބޯޓު ފަދަ ތަކެތި އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ގައުމެކެވެ.މީގެ އިތުރުންވެސް ތަފާތު އިލެކްޓްރޯނިކް ސާމާނު،ބޭސް،ޕްލާސްޓިކް،ތަފާތު ބުއިންތައް،ތެޔޮ އަދި ރީތިވާން ބޭނުން ކުރާ ސާމާނު އުފެއްދުމުގައި ވެސް ފްރާންސް ވަނީ މަޝްހޫރުކަން ހޯދާފައެވެ.މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ފްރާންސްގައި އުފައްދާ ޗެނަލް އަދި ކްރިސްޓިއަން ޑިއޯރ ބްރޭންޑްގެ މަޝްހޫރު ސެންޓެވެ.ލޯރިއަލް ބްރޭންޑްގެ  ރީތިވާން ބޭނުން ކުރާ ސާމާނުވެސް އުފައްދަނީ ފްރާންސްއިންނެވެ.

ފްރާންސްގެ އެންމެ ފާހަގަ ކޮށްލެވޭ ބިނާއަކީ އެންމެންގެ  މެދުގައިވެސް މަޝްހޫރުކަން ހޯދާފައިވާ އައިފިލް ޓަވަރެވެ.ދިގު މިނުގައި 324 މީޓަރ ހުންނަ މިޓަވަރު ތައްޔާރު ކޮށްފައިވަނީ 1889 ވަނަ އަހަރުގައެވެ.2015 ވަނަ އަހަރާއި ހަމައަށް ބަލާއިރު މިބިނާއަށް 6.91 މިލިއަން މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ.މިޓަވަރު ވަނީ ތިން ބަޔަކަށް ބަހާލެވިފައެވެ.މިގޮތުން ފުރަތަމަ ބުރިއަށް އެރުމަށް 300އަށް ވުރެ ގިނަ ސިޑި ހިމެނިގެންވެއެވެ.މިޓަވަރުގައި 8 ލިފްޓް ހަރުކުރެވިފައިވެއެވެ.

 ފްރާންސްގެ އަހަރުދުވަހުގެ ފިނިހޫނުމިނަށް ބަލާލާއިރު ފިނިހޫނުމިން މެއި މަހުން ފެށިގެން އޮކްޓޯބަރު މަހާއި ހަމައަށް ހުންނަނީ 20 ޑިގްރީ ސެލްސިއަސް އިން ފެށިގެން 26 ޑިގްރީ ސެލްސިއަސް އާއި ހަމައަށެވެ.މިގައުމައް އެންމެ ގިނައިން ވިއްސާރަ ކުރަނީ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.އާއްމު ގޮތެއްގައި ހޫނު މޫސުމުގައި ފްރާންސްގެ ރައްޔިތުން ޓެނިސް ކުޅެ އަދި ތަފާތު މޫދުގެ ކުޅިވަރުތައް ކުޅެހަދައެވެ.މިގޮތުން ރާޅާއެޅުމާއި ޔޮޓް ދުއްވުން ފަދަ ކުޅިވަރުތައް ކުޅެހަދައެވެ.ފިނި މޫސުމުގެ ދުވަސްކޮޅު ފްރާންސްގެ ރައްޔިތުންގެ މެދުގައި އެންމެ މަޝްހޫރު އެއް މުނިފޫހިފިލުވުމުގެ ހަރަކާތަކީ ފްރާންސްގެ އުސް ފަރުބަދަތަކަށް އެރުމެވެ.މިއީ ވަގުތުތައް މަޖާ ގޮތެއްގައި ހޭދަ ކޮށްލުމަށް ފްރާންސްގެ ރައްޔިތުން ވަރަށް ގިނައިން ކުރާ ކަމެކެވެ.

ފްރާންސްގެ ރައްޔިތުންނަކީ  އެމީހުންގެ އާންމު ދިރިއުޅުމުގައި ކެއިން ބުއިމުގައި ތަފާތު ވައްތަރުގެ ޗީސް ބޭނުން ކުރާ ބައެކެވެ.ކެއުމަށް އިންސާފުކުރުމަށްފަހު ފޮނި އެއްޗެއް ކާލުމުގެ ގޮތުންވެސް ފްރާންސްގެ ރައްޔިތުން ޗީސް ކައި އުޅެއެވެ.ފްރާންސްއަކީ ޗީސް އުފައްދާވެސް ގައުމެކެވެ.މީގެ އިތުރުންވެސް ފްރާންސްގެ ޙާއްސަ ސަގާފީ ސޫޕު ތަކެއް އެމީހުން އާންމު ކެއިން ބުއިމުގައި ބޭނުންކުރެއެވެ.މިގޮތުން ބަރަބޯ ސޫޕް އަކީ ފްރާންސްގެ ރައްޔިތުންގެ މެދުގައި މަޝްހޫރު ސޫޕެކެވެ.މިސޫޕް ހަދާފައި ހުންނަނީ ވެސް ފްރާންސް މީހުންގެ ދަނޑުތަކުގައި  ހައްދާ ބަރަބޯ ބޭނުންކޮށްގެންނެވެ.އެކި ވައްތަރުތަކުގެ ވައިން އަކީ ވެސް އާންމު ގޮތެއްގައި ފްރާންސްގެ ރައްޔިތުން ބޯންބޭނުންކުރާ އެއްޗެކެވެ.ފްރާންސްއަކީ އެހެން ގައުމުތަކެކޭ އެއްގޮތައް އެމީހުންގެ ވެސް އަމިއްލަ އާދަ ކާދަ ތަކެއް ގެންގުޅޭ ބައެކެވެ.ފްރާންސް މީހެއްގެ ގެއަށް ކެއުމަކަށް ދައުވަތު ދީފިނަމަ ހަދިޔާ އެއްގެ ގޮތުގައި މައު ބޮނޑިއެއް،ގަހެއް ނުވަތަ ޗޮކޮލެޓް އެއް ގެންދަންވާނެއެވެ.ނަމަވެސް ހަދިޔާއެއްގެ ގޮތުގައި ކާ އެއްޗެއް ނުވަތަ ބޯ އެއްޗެއް ގެންދިއުން ރަނގަޅެއް ނޫނެވެ.މީގެ އިތުރުންވެސް ބާއްވާ ކެއުންތަކުގައި ހުރިހާ މެހެމާނުން އެތަނަކަށް ހާޒިރުވުމުން ނޫނީ ކެއުމަށް އިންސާފުކުރުން އެއީ ރަނގަޅުގޮތެއް ނޫނެވެ.އަދި އަމިއްލައަށް ކާއެއްޗެހި ނުވަތަ ބޯއެއްޗެހި ތަށިތައްޓަށް އަޅައިގެން ކާންފެށުން ވެސް އެއީ ފްރާންސްގެ އާދަކާދަ ތަކުގައި ރަނގަޅު ގޮތެއްނޫނެވެ.

ޔުނިވާރސިޓީ އޮފް ނަންޓެސް އަކީ ފްރާންސްގައި ހުންން މަޝްހޫރު ޔުނިވާރސިޓީއެކެވެ.މި ޔުނިވާރސިޓީއަކީ 34500 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ޙާސިލްކުރަމުންދާ ޔުނިވާރސިޓީއެކެވެ.މީގެ ތެރެއިންވެސް 10 ޕަސަންޓް އަށް ވުރެން ވެސް ގިނަ ދަރިވަރުންނަކީ އެކި ގައުމުތަކުން މިޔުނިވާރސިޓީގައި ކިޔަވަން އައިސް އުޅޭ ދަރިވަރުންނެވެ.މި ޔުނިވާރސިޓީ ގައި ފެކަލްޓީ އޮފް މެޑިސިން،ފެކަލްޓީ އޮފް ފާރމަސީ،ފެކަލްޓީ އޮފް ސައިކޮލޮޖީ ފަދަ ފެކަލްޓީތައް ހިމެނިގެން ވެއެވެ.ޔުނިވާރސިޓީ އޮފް ނަންޓެސްގެ އިތުރުން ފްރާންސްގައި ހުންނަ ޔުނިވާރސިޓީ އޮފް ސްޓަރަސްބާގް އަކީ ވެސް މަޝްހޫރު ޔުނިވާރސިޓީއެކެވެ.މި ޔުނިވާރސިޓީއަކީ ދެވަނައަށް ފްރާންސްގައި ހުންނަ އެންމެ ބޮޑު ޔުނިވާރސީޓީއެވެ.46000 އަށް ވުރެން ގިނަ ދަރިވަރުން ދަނީ މި ޔުނިވާރސިޓީގައި ތައުލީމު ޙާސިލްކުރަމުންނެވެ.

ފްރާންސްގެ ފާހަގަ ކުރެވޭ ޝަހްސިއްޔަތުތަކަށް ބަލާއިރު ޖޫލްސް ވާން ނަމަކަށް ކިޔާ ލިޔުންތެރި އަކީ ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.1828 ވަނަ އަހަރު ފްރާންސްއަށް އުފަންވެފައިވާ ލިޔުންތެރިޔާ ވަނީ 1905 ވަނަ އަހަރު އަވަހާރަ ވެފައެވެ.މި ބޭފުޅާއަކީ އަރައުންޑް ދަ ވޯލްޑް އިން އެއިޓީ ޑޭސް ފަދަ މަޝްހޫރު ފޮތްތައް ލިއުއްވާފައިވާ ފަރާތެކެވެ.އުމުރުން 35 އަހަރުގައި ޖޫލްސް ވަނީ އޭނާގެ އެންމެ ފުރަތަމަ ފޮތް ކަމަށްވާ ފައިވް ވީކްސް އިން އަ ބެލޫން ނަމަކަށް ކިޔާ ފޮތް ލިޔުއްވާފައެވެ.ގިނަ ބައެއްގެ ފާޑުކިޔުންތަކާ އެކުވެސް ޖޫލްސް ވަނީ ފްރާންސްގެ ރައްޔުތުންގެ ލޯބިހޯދާފައެވެ.ހެރީ ޕޮޓާރ ފިލްމުތަކުން ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އެމާ ވަޓްސަން އަކީ ވެސް ފްރާންސްއަށް ނިސްބަތްވާ ހުނަރުވެރި އެކްޓަރެކެވެ.

 ފްރާންސްގެ ސިއްޙީ ދާއިރާއަށް ބަލާލާއިރު މިގައުމަކީ ގިނަ އަދަދެއްގެ ސަރުކާރު ހިއްސާވާ އަދި އަމިއްލަ މީހުންގެ ހޮސްޕިޓަލްތައް ހިމެނޭ ގައުމެކެވެ.ކޮންމެ ފެންވަރެއްގެ މީހަކަށްވެސް މިހޮސްޕިޓަލް ތަކުން ފަރުވާ ހޯދޭނެއެވެ.ސިއްޙީ ދާއިރާގެ 77 ޕަސަންޓް އަށް ހަރަދު ކުރަނީ ފްރާންސްގެ ސަރުކާރުންނެވެ.

ފްރާންސްގެ މިހާރުގެ ހާލަތައް ބަލާއިރު ފްރާންސްގެ ވެރި ރަށް ކަމަށްވާ ޕެރިސްގައި ވަނީ ވަރަށް ފަހުން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތަކެއް ހިނގާފައެވެ.މިކަމުގެ ސަބަބުން ފްރާންސްގައި ވަނީ ކުއްލިހާލަތު އިއުލާން ކޮށްފައެވެ.މީގެ އިތުރުންވެސް ފްރާންސްގެ ނައިބް ރައީސް ވަނީ އެގައުމުގެ ޔުނިވާރސިޓީތަކަށް ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކޮށްފައެވެ.ފްރާންސްގެ އިގްތިސާދީ ހާލަތައް ބަލާއިރު ފްރާންސްގެ ވަޒީފާއަދާ ނުކުރާ މީހުންގެ އިންސައްތަ މިވަނީ ޖެނުއަރީ 2016 ގައި 10.8 ޕަސަންޓަށް އިތުރުވެފެއެވެ.ނަމަވެސް ފްރާންސްގެ ރައީސްވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަޒީފާއަދާ ނުކުރާ މީހުންގެ އިންސައްތަ ދައްކޮށްދޭނެ ކަމަށް ވައުދު ވެފައެވެ.

MNU Business School Won Against FA

އެފް އޭ  ބަލިކޮށް މުބާރާތުގެ ފައިނަލް އިން އެމްއެންޔޫ ބިޒްނަސް ސްކޫލް ޖާގަ ހޯދައފި

މޯލަޑިވްސް ނޭޝަނަލް ޔުނިވާރސިޓިގެ ،ސްޓޫޑެންޓް ޔުނިއަންއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ނެޓްބޯލް މުބާރަާތުގެ ފައިންލް އަށް އެމް އެންޔޫ ބިޒްނަސް ސްކޫލް ޖާގަ ހޯދައިފިއެވެ. ފައިނަލްގެ ޖާގަ މިކިދިން ކަށަވަރުކޮށްފައިވަނީ މިއަދު ހެނދުނު އެފް އޭ އާ ދެކޮޅަށް ކުޅުނު މެޗްއިން އެފްއޭ ބަލިކުރުމަށް ފަހުގައެވެ. 7-31 ނަތީޖާއަކުން އެފަް އޭ ވަނީ ބަލިވެފައެވެ.

މަތ

މިހާރު ކުރިއަށްދާ ނެޓްބޯލް މުބާރަާތުގެ ސެމީ ފައިނަލް ގެ ތެރެއިން ފޮޓޯ؛ މަރިޔަމް ސުހާ

ފައިނަލް ގެ ދެވަނަ ޖާގަ ކަށަވަރުކުރުމަށްޓަކައި މިއަދު ހެނދުނު  ކުޅެވިނު ދެވަނަ މެޗްގައި ވާދަކޮށްފައިވަނީ  ފެކަލްޓީ އޮފް ޝަރިއާ އެން ލޯ އަދި ފެކަލްޓީ އޮފް އިންޛީނިއަރިން އެންޑް ޓެކްނޮލަޖީ  އެވެ. މި މެޗްއިން ފެކަލްޓީ އޮފް ޝަރިއާ އެން ލޯ ވަނީ ކާމިޔާބުކޮށް ފައިނަލް ގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައެވެ

މި މުބާރާތުގެ ފައިންލް ގާ ވާދަކުރާނީ ފެކަލްޓީ އޮފް  ޝަރިއާ އެންޑް ލޯ އަދި އެމްއެންޔޫ ބިޒްނަސް ސްކޫލް އެވެ. ފައިނނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިއަދު ހަވީރު  04:00 ގައި ޝޯސަލް ސެންޓަރ އައުޓް ޑޯ ކޯޓުގައެވެ.

MNU Netball Tournament Started

ޤައުމީ ޔުނިވާރސިޓިގެ އިންޓަރ ފެކަލްޓީ ނެޓްބޯލް މުބާރާތް  ފަށައިފި

ދެދު ދުވަހަށް ކުރިއަށް ގެންދާ، މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓިގެ  ސްޓުޑެންޓް ޔޫނިއަން އިން އިންތިޒާމް ކޯށްގެ ކުރިއަށް ގެންދާ ނެޓްބޯލް މުބާރާތް ފަށައިފިއެވެ މިއީ އެ ޔުނިވާރސިޓީގެ ދެވަނަ ނެޓްބޯލް މުބާރަާތެވެ.

މިއަދު ހެނދުނު ސޯޝިއަލް ސެންޓަރުގެ އައުޓް  ޑޯޜ ކޯޓުގައި ،ފެކަލްޓީ އޮފް އާރޓސް އާއި ފައުންޑޭޝަން ސްޓަޑީސް ބައްދަލުކޮށް ، ފެކަލްޓީ އޮފް އާރޓްއިން ވަނީ މިމެޗް ކާމިޔަބް ކޮށްފައެވެ. މި މެޗް ކާމިޔަބު ކޮށްފައިވަނި 28-6 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއާަށް ހޮބިފައިވަނީ ފެކަލްޓީ އޮފް އާރޓްސްގެ ގޯލް އެޓޭކަރ އަނާން އަނިލް އެވެ.

fa

އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަން އިން އިންތިޒާމްކޮށްގެން ކުރިައށް ގެންދާ ނެޓްބޯލް މުބާރާތުގެ ތެރެއިން ……… ފޮޓޯ: މަރިޔަމް ސުހާ

މި މުބާރަާތް ކުރިއަށް ގެންދަނީ ދެ ގްރޫޕް އަކަށް ބަހާލައިގެންނެވެ. ގޮރޫޕް އޭ ގައި ހިމެނެނީ ފެކަލްޓީ އޮފް އާޓްސް އާއި،ފެކަލްޓީ އޮފް ޝަރީއާ އެންޑާް  ލޯ އާއި، ފެކަލްޓީ އޮފް ހެލްތް ސައިންސް އަދި ފައުންޑޭޝަން ސްޓަޑީޒް އެވެ.

ގްރޫްޕް ބީ ގައި ހިމެނެނީ ފެކަލްޓީ އޮފް ސައިންސް އެންޑް ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލަޖީ އާއި،އެމްއެންޔޫ ބިޒްނަސް ސްކޫލް އާއި،އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލަޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް އަދި ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މާދަމާއެވެ.  ސެމީ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ ހެނދުނެވެ. އަދި       ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ ހަވީރުއެވެ. މި ދެމެޗް ވެސް ކުޅެވޭނީ ސޯޝިއަލް ސެންޓަރުގެ އައުޓްޑޯރ ގައެވެ.